މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ވަނީ އިނާމު އަރުވާފައި. (ފޮޓޯ/ރައީސް އޮފީސް)

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރި 66 ބޭފުޅަކަށް ޝަރަފު

އެއީ ދައުލަތަށް 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ 66 ބޭފުޅުން
1 ގަޑިއިރު ކުރިން

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ދީފި އެވެ.

ވީ ކިހިނެއް؟ - އެ 66 ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން އެރުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އެވެ.

ތަފްސީލު - އެ 66 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ދައުލަތަށް 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނެވެ.

އެ ބޭފުޅުންނަށް އިނާމު އެރުވުމަށް ނިންމައި ރައީސް އޮފީހުން ވަނީ އެ ބޭފުޅުންގެ ރެކޯޑުތައް ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

ކޮމިޓީން ވަނީ އެ މައުލޫމާތު ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. މިއަދު އިނާމު ލިބުނީ އެ މަރުހަލާތަކަށް ފަހު ޝަރުތު ހަމަވި ބޭފުޅުންނަށެވެ.

ގުޅުންހުރި - މިއަދުގެ ޖަލްސާގައި، ދައުލަތަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް ހަތަރު ބޭފުޅަކަށް ވަނީ އަރުވާފަ އެވެ. އެއީ:

  • ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. މުހައްމަދު ލަތީފް

  • ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތް ކުރެއްވި އިބްރާހީމް ރަޝީދު މޫސާ

  • ޓޫރިޒަމްގެ އެއް ބާނީ ޗަމްޕާ ހުސެން އަފީފް

  • ޓޫރިޒަމްގެ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް