މިނިވަން ދުވަހުގެ މުނާސަބަތުގައި މީގެ ކުރިން ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗު (ފޮޓޯ/ރައީސް އޮފީސް)

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖާގަ ދޭން 4 ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޓީސީސީން ބުނީ، މާދަމާ ހެނދުނު 6 އިން އިރުއޮއްސި 6އަށް އަދި އިރުއޮއްސި 6 އިން ފެށިގެން ހަަރަކާތްތައް ނިމެންދެން އެ ރޫޓުތަކަށް ބަސްތައް ދަތުރުނުކުރާނެ ކަމަށް

މިިނިވަން ދުވަސް ފާހަގަކުރަން މާދަމާ މާލޭގައި ބާއްވައި ހަރަކާތްތަކަށް ޖާގަ ދޭން، މާލޭގެ ބައެއް ސަރަހައްދުތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލަން އެމްޓީސީސީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މާދަމާ ފުރޭ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މި މުނާސަބާ ޝަރަފުވެރިކޮށްދެއްވުމަށް ބޭރު ގައުމުތަކުގެ އިސް ބޭފުޅުން ވެސް ރާއްޖެ ވަނީ ވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - އެމްޓީސީސީން މިރޭ ނެރުނު އެންގުމެއްގައިވާ ގޮތުން، މާދަމާގެ ހެނދުނު 6 އިން އިރުއޮއްސި 6އަށް މާލޭގެ ބައެއް ސަރަހައްދުތަކަށް ބަސް ދަތުރެއް ނުކުރާނެ އެވެ. އަދި 6ގެ ފަހުން އޮންނަ ކުޅިވަރުތަކަށް ޖާގަ ދިނުމުގެ ގޮތުން ވެސް ބައެއް ސަރަހައްދުތަކަށް ބަސް ދަތުރުނުކުރާނެ ކަމަށް ބުންޏެވެ.

މެދުކަނޑާލާ ރޫޓުތަކުގެ ތެރޭގައި ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ އެންމެ ބާރުބޮޑު ބަސް ރޫޓުތައް ހިމެނެ އެވެ. އެގޮތުން:

  • އޯކިޑު ރޫޓު 10 އަދި އަމީނީ ރޫޓު 11ގެ ބަހުގެ ހިދުމަތް ހެނދުނު 6 އިން އިރުއޮއްސި 6އާ ހަމައަށް، ހަރަކާތްތައް ނިމެންދެން މެދުކަނޑާލާނެ

  • މާދަމާ އިިރުއޮއްސި 6 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ރޫޓު 2 އަދި ރޫޓު 8ގެ ބަސް ކާނިވާ ސަރަހައްދަށް ދަތުރެއް ނުކުރާނެ؛ އެ ދެ ރޫޓުގެ ބަސްތައް ދަތުރު ނިންމާލާނީ މާފަންނު ބަސް ޓާމިނަލަށް

  • މާފަންނު ބަސް ޓާމިނަލަށް އެ ދެ ރޫޓުން ކުރާ ދަތުރުގައި ރޫޓު 1ގެ ބަސް ހުއްޓިތަކަށް މަޑުކުރާނެ

އެނގުން މުހިންމު - މިފަހަރުގެ މިނިވަން ދުވަހުގެ ގިނަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. އެގޮތުން، ކުރިއަށް ގެންދާ ހަރަކާތްތަކަކީ:

  • ދިދަ ނެގުން - ޖުމްހޫރީ މައިދާނުގައި މާދަމާ ހެނދުނު 6 ޖަހާއިރު

  • މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ - ޒުވާނުންގެ މަރުކަޒުގައި މާދަމާ ހެނދުނު 9 ޖަހާއިރު

  • ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް - ޖުމްހޫރީ މައިދާނުގައި މާދަމާ ރޭ 8:30 އިން  ފެށިގެން

  • އެމްއެންޑީއެފް އާއި ސުކޫލުތަކުގެ ޕެރޭޑް - މާލޭގެ ބޮޑެތި މަގުތަކުގައި މާދަމާ ރޭގަނޑު 8:30 އިން ފެށިގެން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް