މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ސައުދީގެ ފަރާތުން ރޭ ވަޑައިގެންނެވި އެ ގައުމުގެ ވަޒީރު ޑރ. މަންސޫރޫ، ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމްއާއެކު ވީއައިއޭގެ ރަތް ކާޕެޓްގައި (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-ސައުދީ

މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް މިފަހަރު ސައުދީގެ ވަޒީރެއް

މިދިޔަ އަހަރު ފާހަގަ ކުރި 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނަކަށް ސަރުކާރުން ގެނައީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ

މިފަހަރުގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ރޭ ރާއްޖެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އަންނަ އާދިއްތަ ދުވަހު ފުރޭ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކަށް ސައުދީގެ ފަރާތުން ވަޑައިގެންނެވީ އެ ގައުމުގެ ސްޓޭޓް މިނިސްޓަރު އަދި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރުގެ މަގާމުވެސް ފުރުއްވާ ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދެވެ.

ތަފްސީލު - ރައީސް އޮފީހުން ރޭ މިކަމާ ގުޅޭ ގޮތުން ޝާއިއުކުރި ލިޔުމުގައި ބުނީ، މި ދަތުފުޅަކީ ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މަންސޫރު ބައިވެރިވެވަޑައިގަންނަވަނީ، ސައުސީ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މަންސޫރޫ ރޭ ރާއްޖެ ވަޑައިގަތުމާ އެކު، ވެލާނާ އިންޓަނޭޝަލް އެއާޕޯޓު(ވީއައިއޭ)އިން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ދާއިރާގެ ޕްރިންސިޕަލް ސެކްރެޓެރީ މުހައްމަދު ނަޞީރެވެ. އަދި އޭނާގެ ޝަރަފުގައި ގައުމީ ދިފާއީ ބާރުން ވަނީ ޝަރަފްގެ ގާޑެއްވެސް އަރުވާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ފާހަގަ ކުރި 60 ވަނަ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނަކަށް ސަރުކާރުން ގެނައީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ. އެކަމާ އޭރު ބައެއް ފަރާތްތަކުން ކަންބޮޑުވުންވެސް ފާޅު ކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް