ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/މެންބަރު ޝުޖާއު، އެކްސް)

މަގު ހެދުން

ބޮޑުތަކުރުފާނު މަގުން ހެދި ބައިގައި ދިވެހި ރުއް އިންދަން ފަށައިފި

ބޮޑުތަކުރުފާނު މަގު ނިންމާ ހުޅުވާއިރު އެ ސަރަހައްދުގައި ގަސް އިންދާނެ ކަމަށާއި މަގު ހިތްފަސޭހަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި

ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރާ ސަރަހައްދުގައި ދިވެހި ރުއް އިންދަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރަސްމީ ފާލަމުން ފެށިގެން، ބާސެލޯ ނަސަންދުރައާ ހަމައަށް މަގުގައި ތާރު އަޅައިގެން އެ ސަރަހައްދު ތަަރައްގީކޮށް ހުޅުވުމަށް ވަނީ ތައްޔާރުވެފަ އެވެ.

ތަފްސީލް - މަގު ތަރައްގީކޮށްފައިވަނީ ހަތަރު ލޭނަށް ފުޅާކޮށް، މަގުގެ ދެ ފަރާތުގައި ޕާކު ނުކުރެވޭ ގޮތަށެވެ. އެ މަގުގައި ޕާކު ކުރުމަށް ފަޅުން ބައެއް ހިއްކާ، 500 ސައިކަލު ޕާކު ކުރެވޭނެ ޖާގައެއް ވަނީ ތަރައްގީކޮށްފަ އެވެ.

ބޮޑުތަކުރުފާނު މަގު ނިންމާ ހުޅުވާއިރު އެ ސަރަހައްދުގައި ގަސް އިންދާނެ ކަމަށާއި މަގު ހިތްފަސޭހަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"ޕްލޭނަކީ ރީތި ގަސްތައް ޖަހާ، ދެ ފަރާތް ވެސް ރީތިކޮށް ހިތްފަސޭހަކޮށް އޮތުން،" އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ފާހަގަ ކުރެވޭ - ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރު އަޅައިގެން ތަރައްގީ ކުރި ސަރަހައްދުގައި، ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ވަނީ ކަދުރު ރުއް އިންދައިފަ އެވެ.

ފަސް މަންޒަރު - ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގުގެ ބައެއް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އަދި މިދިޔަ ޑިސެމްބަރުން ފެބްރުއަރީއަށް ނޯތު ހާބަރާ ހަމައަށް އޮތް ދެ ވަނަ ސެގްމެންޓްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް