ސަރުކާރުގެ ބޭސް ކުންފުނީގެ ފަރާތުން އައިޖީއެމްއެޗްގައި ހުޅުވި ބޭސް ފިހާރަ

ބޭސް

6 މަސް ތެރޭގައި ފާމަސީތަކުގައި %80 ބޭސް ހަމަކުރުމަށް އަންގައިފި

އެމްއެފްޑީއޭން ބުނީ އަލަށް ހުޅުވާ ބޭސްފިހާރަތަކަށް ބޭސްވިއްކުމުގެ ހުއްދަ ދޫކުރާނީ ވެސް އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަކުރުމުން ކަމަށް
47 މިނިޓު ކުރިން

ރާއްޖޭގެ ބޭސްފިހާރަތަކުގައި، އެތަނެއްގެ ގްރޭޑަކާ ގުޅޭ %80 ބޭސް، ހަ މަސްދުވަހުގެ ތެރޭގައި ހަމަކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެފްޑީއޭން އިއްޔެ ބުނި ގޮތުގައި، ބޭސްފިހާރަތަކުގައި ބެހެއްޓުމަށް ލާޒިމް ކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖައާކޮށް، މިހާރު ވަނީ އަޕްޑޭޓްކޮށްފަ އެވެ. އަދި ރާއްޖޭގެ ބޭސްފިހާރަތަކުގައި މި ލިސްޓު ގިންތި ކޮށްފައިވަނީ ދެ ގްރޭޑަކަށް ކަމަށާއި އެހެންވެ، ހަ މަސްދުވަހުގެ ތެރޭގައި، އެ ގްރޭޑަކާ ގުޅޭ %80 ބޭސް، ބޭސްފިހާރަތަކުން ހަމަކުރުމަށް އެ ތަނުން ބުނެފައިވެ އެވެ.

ތަފްސީލް - އެމްއެފްޑީއޭއިން ބުނި ގޮތުގައި، ބޭސްފިހާރަތައް ގިންތިކޮށްފައިވާ ގޮތުގެ ތަފްސީލު، 'ގައިޑްލައިން އޮން މިނިމަމް ރިކުއަމެންޓް އޮފް އެސެންޝިއަލް މެޑިސިން އިން ފާމަސީ'ގައި ހިމަނާފައިވާނެ އެވެ. އަދި މި ގައިޑްލައިން، އެތަނާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ބުންޏެވެ.

އެމްއެފްޑީއޭން ބުނީ އަލަށް ހުޅުވާ ބޭސްފިހާރަ، ރަޖިސްޓްރީ ކުރުމަށް ފަހުގައި ބޭސްވިއްކުމުގެ ހުއްދަ ދޫކުރާނީ ވެސް އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަކުރުމުން ކަމަށެވެ. 

އެނގުން މުހިއްމު - މުހިއްމު ބޭސްތައް ބޭސްފިހާރަތަކުން ނުލިބުމުގެ ޝަކުވާ މި ފަހަކުން ވަނީ ބޮޑުވެފަ އެވެ. އަދި އެކަމާ ގުޅޭ ހައްލުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް