އެމްފްޑީއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ބޭފުޅުން މައުލޫމާތު ދެއްވަނީ
ބަރުދަން ލުއި ކުރަން ބޭނުންކުރާ ތަކެއްޗާ މެދު ސަމާލުވާން އެދިއްޖެ
ބަރުދަން ލުއިކުރުމަށް، ސައްހަ ނޫން މައުލޫމާތު ހިމެނޭ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ އެތޯރިޓީން ނެރުނު ބަޔާނެއްގައި މިގޮތަށް އިލްތިމާސްކުރީ، ވަރަށް އަވަހަށް ހިކޭ ކަމަށް ބުނެ ހާބަލް ބޭހެއް، ޓިކްޓޮކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކަމުންދާތީ އެކަމާ މެދު ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ތަފްސީލް - އެމްއެފްޑީއޭން ނެރުނު ބަޔާނެއްގައި ބުނީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ 'ހަށިގަނޑަށް ބަދަލެއް ގެނެސްދޭ ކަމަށް' ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިިވާ ކަމަށެވެ. އެގޮތުން ބަރުދަން ލުއިކުރުމަށް އުފެއްދުންތައް މާކެޓްކޮށް، އެތަކެތި ބޭނުން ކުރުމަށް ބައެއް ފަރާތްތަކުން ހިތްވަރުދޭ ކަމަށް އެ ތަނުން ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި:
-
ހިކޭނެ ކަމަށް ބުނިކަމުގައި ވިޔަސް، ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތު ނުހިފޭ މައުލޫމާތު ހިމެނޭ ގޮތަށް އެ ތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ މީހުންނަށް މައުލޫމާތު އޮޅިދާނެ
-
އެއިން ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އެބައޮތް
-
ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުންނާއި މާބަނޑު މީހުންނާއި ގާތުންދޭ މީހުންނަށް އެއިން ލިބިދާނެ ގެއްލުން ބޮޑު
ކާބޯތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން، ވަކި ފެންވަރެއްގެ ނުވަތަ ވަކި ސިފައެއްގެ އެއްޗެއް ދޭހަވާ ގޮތަށް ހަގީގަތާ ހިލާފު ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.
އެހެންވެ، އެތަކެތި އިޝްތިހާރު ކުރުމުގައި އެ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އެ ބަޔާނުގައި އެދިފައިވެ އެވެ.
ކޮމެންޓް (1)
ޓިކްޓޮކްޝެހޭ