އައިޖީއެމްއެޗުގައި ފަރުވާ ދެއްވަން ފެއްޓެވި ޑރ. ފަރާހަތު މޫސާ (ކ) އާއި ޑރ. މައީޝާ ސޯލިހު

އައިޖީއެމްއެޗް

ނޭވާލާ ނިޒާމާއި ނިއުރޯގެ ހާއްސަ 2 ޑޮކްޓަރުން އައިޖީއެމްއެޗަށް

މި ޑޮކްޓަރުންގެ ސަބަބުން އައިޖީއެމްއެޗުން ދޭ ހިދުމަތްތަކަށް ކުރިއެރުންތައް އަންނާނެ ކަމަށް އެތަނުން ބުނޭ
1 ގަޑިއިރު ކުރިން

ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ނުވަތަ ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ޕަލްމޮނޮލޮޖީ އާއި ސިކުނޑި އާއި މައިބަދައިގެ ނުވަތަ ނިއުރޮލޮޖީގެ ހާއްސަ ދެ ދިވެހި ޑޮކްޓަރުން އައިޖީއެމްއެޗުގައި ފަރުވާ ދެއްވަން ފައްޓަވައިފި އެވެ.

ވީ ކިހިނެއް؟ - އައިޖީއެމްއެޗުން އިއްޔެ ބުނި ގޮތުގައި، ދާއިރާއިން ހާއްސަވެވަޑައިގަތުމަށް ފަރުވާ ދެއްވަން ފެއްޓެވީ:

  • ޑރ. ފަރާހަތު މޫސާ، ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ޕުލްމޮނޮލޮޖީ 

  • ޑރ. މައީޝާ ސޯލިހު، ސްޕެޝަލިސްޓް އިން ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ 

ތަފްސީލް - ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކަށް ހާއްސަ ވެވަޑައިގަންނަވާ ޑޮކްޓަރުން އާއްމުކޮށް ފަރުވާ ދެއްވާނީ ނިއުމޯނިޔާ އާއި ފުއްޕާމެއަށް ޖެހޭ އެކި ކަހަލަ އިންފެކްޝަންތަކާއި ޓީބީ އާއި ފުއްޕާމޭގެ ކެންސަރާއި ނޭވާ ހިއްލުމާއި ސްލީޕް އެޕްނިއާ ފަދަ ބަލިތަކަށެވެ. އަދި އެކަމާ ގުޅުން ހުރި ތަފާތު ޓެސްޓުތަކާއި ޕްރޮސީޖާތައް އެ ފަދަ ޑޮކްޓަރުން ހައްދަވާނެ އެވެ.

މައިޝާ ހާއްސަ ވެވަޑައިގެން، ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ބޯ ކަފާލައިގެން، ބޮޑު އޮޕަރޭޝަނެއް ކުރުމުގެ ބަދަލުގައި، ކުދި ހޮޅިތަކެއް ނުވަތަ ކެތީޓާ ބޭނުންކޮށްގެން ސިކުނޑި އާއި މައިބަދަ އަދި ކަރުގެ ބަލިތަކަށް ފަރުވާ ދިނުމެވެ.

އެގޮތުން، ސިކުނޑީގައި ގަނޑުވެފައިވާ ލޭކޮޅުތައް ނަގައިގެން ސްޓްރޯކަށް ފަރުވާދިނުމާއި ލޭހޮޅިތައް ފަޅައިގެން ދިއުމުގެ ކުރިން، އެ ހޮޅިތައް މަރާމާތު ކުރުމާއި ސިކުނޑި އާއި މައިބަދައިގެ ލޭހޮޅިތަކުގެ ގުޅުންތަކުގައި ހުންނަ އައިބުތަކަށް ފަރުވާދިނުން ވެސް ހިމެނެ އެވެ.

މިފަދަ ފަރުވާތައް ދެނީ، ބޯ ކަފާލައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި އަތުގެ މުލައްދަނޑި ނުވަތަ ފައިން ހިމަ ހޮޅިއެއް ލައްވައިގެން، ކެމެރާ އާއި އެފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގަ އެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، މި ދެ ޑޮކްޓަރުން ހޮސްޕިޓަލުގައި ފަރުވާ ދެއްވަން ފެއްޓެވުމަކީ އެތަނުން ދޭ ހިދުމަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް