އެޗްޑީސީގެ އިމާރާތް: ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެންނަން ވަނީ އަންގާފައި

ސަރުކާރު ކުންފުނިތަކުން އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެންނަން އަންގައިފި

ޕީސީބީއިން ބުނިގޮތުގައި އަންނަ މަހު 1 އިން ފެށިގެން އަމަލުކުރަންޖެހޭ މި ބަދަލުގެ މަގްސަދަކީ ހުރިހާ ކުންފުނިތަކުން އެއް ހަމައެއްގައި އިތުރު ގަޑީގެ ފައިސާ ދިނުން
3 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލުތަކެއް ގެންނަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.

ތަފްސީލް - ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންނާ ގުޅޭ ގިނަ ކަންކަމަށް ބަދަލު ގެންނަމުންދާ މި ދަނޑިވަޅުގައި ޕީސީބީއިން ކުންފުނިތަކަށް ފޮނުވި  ސާކިއުލާއެއްގައި އަންގާފައިވަނީ ރަސްމީ މަސައްކަތުގެ އިތުރުން ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް އުސޫލު ބަދަލު ކުރުމަށެވެ.

ސާކިއުލާގައި ބުނިގޮތުގައި:

  • އޭގެ މަގްސަދަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުން

  • އަދި މާލީ ނިޒާމު ހަރުދަނާ ކުރުމާއި އިތުރު ވަގުތުގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުން ވެސް އެއް އުސޫލަކަށް އަމަލު ކުރުން

އެ ސާކިއުލާގައި ވަނީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާރު ވެސް ވަކި މިންވަރެއް ކަނޑައަޅާފައިވާ ކުންފުނިތަކުން އާ އުސޫލާ އަޅާކިޔައި، ކުންފުންޏަށް މާލީ ގޮތުން އެންމެ ފައިދާ ހުރި އަދި ހަރަދު ކުޑަ ގޮތެއް ހިޔާރު ކުރުމަށް ވެސް އަންގައިފަ އެވެ.

ޕީސީބީއިން ވަނީ މި ބަދަލުތައް ގެނައުމަށް، މި މަހުގެ 30ގެ ކުރިއަށް މުހުލަތެއް ދީފަ އެވެ. އަދި އަންނަ މަހު 1 އިން އެ އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ބުންޏެވެ.

އެނގުން މުހިއްމު - ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ކުރިން އަންގާފައިވާ ލަނޑުދަނޑިއާ އެއްވަރަށް މުވައްޒަފުން މަދުކުރުމަށް ވެސް ޕީސީބީއިން ވަނީ އަންގާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް