ސަރުކާރު މުވައްޒަފުންތަކެއް އޮފީހަށް ވަންނަނީ

ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ ޝަރީއަތަށް

އިދިކޮޅު އެމްޑީޕީން މިއަދު ބުނި ގޮތުގައި، ނުހައްގުން ވަޒީފާއިން ވަކިކުރި 65 މީހަކާ އެކު އެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ދަނީ މަސައްކަތްކުރަމުން؛ އޭގެ ތެރެއިން 37 މީހެއްގެ މައްސަލަ މިހާރު ވެސް ޝަރީއަތުގައި އެބައޮތް
5 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި 37 މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ އެޕްރީލު މަހު އެންގި އެވެ. އެ އަދަދަށް މުވައްޒަފުން މަދުކުރުމަށް މިހާރު ދީފައިވަނީ ތިން މަހުގެ މުއްދަތެކެވެ. 

ބުނީ ކީކޭ؟ - މިކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ 'ބޮޑު ބަދަލު' އޮފީހުގެ ޑިރެކްޓަރު ޖެނަރަލު ހަސަން ލަތީފް ވިދާޅުވީ، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް އެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް އެ ޕާޓީން އެހީތެރިވެދެމުން އަންނަ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ނުހައްގުން ވަޒީފާއިން ވަކިކުރި 65 މީހަކާ އެކު އެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ދަނީ މަސައްކަތްކުރަމުން

  • އޭގެ ތެރެއިން 37 މީހެއްގެ މައްސަލަ މިހާރު ވެސް ޝަރީއަތުގައި އެބައޮތް

  • އަޑުއެހުންތަކަށް ދިއުމާއި ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްގައި އެމްޑީޕީގެ ވަކީލުންގެ އިތުރުން ވެސް އެހީތެރިކަން ފޯރުކޮށްދޭން އަމިއްލައަށް ބޭނުންވާ ބައެއް ވަކީލުންނާ އެކު އެ މަސައްކަތްތައް ދަނީ ކުރަމުން

  • އެފަދަ ކޭސްތަކަށް 24 ގަޑިއިރު ޖަވާބުދޭނެ ހެލްޕްލައިނެއް ވަނީ ގާއިމުކޮށްފައި؛ އެއީ 7341637

"މިކަމުގައި އެންމެ ބޮޑަށް ޒިންމާވާންޖެހެނީ ރައީސް [މުހައްމަދު] މުއިއްޒު. ރައްޔިތުންނަށް މިފަދަ އިހާނެތި ގޮތަކަށް ކަންތައްތައް ކުރަމުން ގެންދާތީ ރައީސް މުއިއްޒު ޒިންމާވާންޖެހޭ. ހަމަ އެއާ އެކު، ޕީސީބީގެ ރައީސް [މުހައްމަދު] ނިޒާރު ވެސް ޒިންމާވާންޖެހޭ. އަދި ހަމަ އަޅުގަނޑު ދެކޭ ގޮތުގައި އެޗްއާރްސީއެމްއިން ވެސް މިކަމުގައި އެއްޗެއް ބުނަންޖެހޭ،" މަޖިލިސް މެންބަރުކަން ވެސް ކުރިން ކުރެއްވި ހަސަން ވިދާޅުވި އެވެ. 

"މިހާ ބޮޑު އަދަދެއްގެ ރައްޔިތުންނަށް މިހާ ބޮޑު ތަކުލީފެއްދޭ ކަމުގައި ވަންޏާ ހާއްސަކޮށް އެޗްއާރްސީއެމްގެ ވަރަށް ބޮޑު ޒިންމާއެއް އެއީ މިކަމުގެ ތަހުގީގެއް ހިންގަވައި ސަރުކާރުން އެކަން ކުރަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައިގެން އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮޮށްގެން ނަމަވެސް ހުއްޓުވުން."

މި ބައްދަލުވުމުގައި ދެން އިންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، %33 މުވައްޒަފުން މަދުކުރާ ނަމަ، 14،000އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ހައްގު ނިގުޅައިގަންނަންވާނީ ދުރާލާ ޕްލޭންތަކެއްކޮށް، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ވެސް ގޮތްތަކެއް ހަމަޖައްސައިދެވޭ ގޮތަކަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް