ޕީސީބީގެ ރައީސް ނިޒާރު: 3 މަސް ދުވަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ޕީސީީބީން އަންގައިފި (ފޮޓޯ/ޕީސީބީ)

3 މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފި

ޕީސީީބީން މި ގޮތަށް އެންގީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ %33 މަދުކުރުމަށް މީގެ 3 މަސް ކުރިން އެންގި އެންގުމުގައިވާ ލަނޑުދަނޑި ހާސިލްކުރުމަަށް ދެވޭ މުއްދަތެއްގެ ގޮތުގައި
1 ގަޑިއިރު ކުރިން

ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ކުރިން އަންގާފައިވާ ލަނޑުދަނޑިއާ އެއްވަރަށް މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ އާދީއްތަ ދުވަހު އަންގައިފި އެވެ.

ވީކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް ޕީސީބީން ސާކިއުލާއެއް ފޮނުވީ މީގެ 3 މަސް ކުރިން، 18 އޭޕްރީލްގަ އެވެ.

ތަފްސީލް - ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވަނީ، މީގެ 3 މަސް ކުރިން ނެރުނު ސާކިއުލާގައިވާ ލަނޑުދަނޑި ކަމަށްވާ %33 މުވައްޒަފުން މަދުކުރުމަށް ދެވޭނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން 3 މަސްދުވަސް ކަމަށެވެ. އެގޮތުން:

  • އެ އެންގުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް، އެ ސާކިއުލާއާ އެކު ކުންފުނިތަކަށް ފޮނުވާފައިވާ އެކްސެލް ޓޫލް މެދުވެރިކޮށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރަަން ޖެހޭ

  • ޕީސީީބީގެ އެންގުންތަކަށް އަމަލުކުރުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމުގެ ގާނޫނުން ސަރުކާރު ކުންފުނިތަކަށް ލާޒިމުކަމެއްކަން އެ ސާކިއުލާއިން ހަނދާންކޮށްދީފައިވޭ

އެނގުން މުހިންމު - މީގެ 3 މަސް ކުރިން ނެރުނު ސާކިއުލާގައި އިތުރަށް އަންގާފައިވަނީ:

  • ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް

  • މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނި

  • މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް

  • މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް