ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރެއްވި އަމްޖަދަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް އަމްޖަދު މުސްތޮފާ އައްޔަންކޮށްފި

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރެއްވި އަމްޖަދު ވަނީ ޝަރީއާ އިން ލޯ އިން ބެޗްލާސް ޑިގްރީ އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައި
5 ގަޑިއިރު ކުރިން

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު މުސްތޮފާ، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓްރައިބިއުނަލްގެ ރައީސްކަމުގެ ހުވާ ލައިދެއްވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

ތަފްސީލް - އަމްޖަދު ވަނީ ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރެއްވި އަމްޖަދު ވަނީ ޝަރީއާ އިން ލޯ އިން ބެޗްލާސް ޑިގްރީ އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފަ އެވެ.

ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަމްޖަދު ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް