މި ސްކޫލު ޗުއްޓީ ތެރޭގައި، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ބަޔަކު އުމްރާއަށް ދަނީ (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

އުމްރާ

ސްކޫލު ޗުއްޓީ ތެރޭގައި 4،000އަށް ވުރެ ގިނަ މީހުން އުމްރާއަށް

އެންމެ ގިނަ މީހުން އުމްރާއަށް ގޮސްފައިވަނީ މުސާފިރު ގުރޫޕުން
5 ގަޑިއިރު ކުރިން

މިހާރު ކުރިއަށްދާ ސްކޫލުތަކުގެ ދެ ވަނަ ޓާމްގެ ޗުއްޓީގެ ތެރޭގައި 4،000އަށް ވުރެ ގިނަ މީހުން އުމްރާއަށް ފުރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި އުމްރާއަށް ދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ސްކޫލުތަކުގެ ޗުއްޓީތަކާ ދިމާކޮށް އުމްރާ ގުރޫޕުތަކުން، ދަތުރުތައް އިންތިޒާމު ކުރެ އެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ފެށި ފުރަތަމަ ޓާމުގެ ޗުއްޓީ ނުވަތަ 'ޖުލައި އުމްރާ'އަށް މިއަހަރު ވެސް ގިނަ ބަޔަކު ވަނީީ ފުރާފަ އެވެ.

މި ސްކޫލު ޗުއްޓީ ތެރޭގައި، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ބަޔަކު އުމްރާއަށް ދަނީ (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

ތަފްސީލް - އިސްލާމިކް މިނިސްޓްރީން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ޗުއްޓީތެރޭގައި 30 ގުރޫޕަކަށް ވަނީ، މީހުން އުމްރާއަށް ގެންދިޔުމަށް ހުއްދަ ދީފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން އުމްރާއަށް ގެންގޮސްފައިވަނީ އަލް މުސާފިރު ގުރޫޕުންނެވެ.

އުމްރާއަށް މީހުން ގެންދިޔަ އަދަދުތަކަށް ބަލާއިރު:

  • އަލް މުސާފިރު 1،004 މީހުން

  • ހައްޖު ކޯޕަރޭޝަން 640 މީހުން

  • ގިބްލަ ހައްޖު އެންޑް އުމްރާ 330 މީހުން

  • މީގާތު ހައްޖު އެންޑް އުމްރާ 192 މީހުން

  • އަރަފާތު ހައްޖު އެންޑް އުމްރާ 189 މީހުން

އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. ޖުލައި އުމްރާގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު އުމްރާއަށް ދަނީ ޑިސެމްބަރު މަހުގެ ތެރޭގައި އޮންނަ ސްކޫލު ބޮޑު ޗުއްޓީ އާއި ރޯދަމަހާ ދިމާކޮށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް