ހުޅުމާލެ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިސްކިތްތައް

ހުޅުމާލެ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

އެނގިފައިވާ ގޮތުގައި، ތަޅާލާފައިވަނީ ފޭސް 1ގައި ހުންނަ އަަޒީޒާ މޫސާ މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު؛ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނޭ
6 ގަޑިއިރު ކުރިން

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނީ ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް އިއްޔެ ރޭ ފަތިހު 3:47 ހައިއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި، ތަޅާލާފައިވަނީ ފޭސް 1ގައި ހުންނަ އަަޒީޒާ މޫސާ މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.

އެނގުން މުހިންމު - މާލޭ މިސްކިތްތަކަށް ގެއްލުންދީ މިސްކިތްތަކުން ވައްކަން ކުރުން ފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިފަހުން ފުރުގާނު މިސްކިތުގެ ކުޑަދޮރެއް އަޅާލި މައްސަލައެއް ވެސް ފުލުހުން ބަލަން ފެށި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް