ހިޔާ ފްލެޓެއްގައި މިއަދު ރޯވެ، ކަމާ ބެހޭ ފަރާޓްތަތަކުން އެ އެޕާޓްމަންޓްގައި ހަރަކާތްތެރި ވަނީ (ފޮޓޯ/ އެންޑީއެމްއޭ)

ހިޔާގެ ފްލެޓެއްގައި ރޯވެ 5 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް

އެއްވެސް މީހަކަށް ގެއްލުން ނުލިބުނަސް، އެ އެޕާޓްމަންޓްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި

ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި އެ ތަނަށް ގެއްލުންތަކެއް ލިބިއްޖެ އެވެ. އެއާ އެކު، އެ ތަނުގައި ދިރިއުޅޭ ފަސް މީހަކަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފަ އެވެ.

ވީ ކިހިނެއް؟ - ހިޔާގެ ޓަވަރު 8ގެ 19 ވަނަ ފަންގިފިލާގައި ހުންނަ އެ އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުފަހު 1:27ގަ އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވާލާފަ އެވެ.

ތަފްސީލު -  ފުލުހުން ބުނީ:

  • އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓްގެ ބަދިގޭގައި

  • ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ

  • ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވޭ

  • މައްސަލަ އަންނަނީ ތަހުގީގު ކުރަމުން

މި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެތޯރިޓީ (އެންޑީއޭ)ން ބުނި ގޮތުގައި، ދުމުގެ އަސަރު ބޮޑުވެ، އެ ވަގުތު އެ އެޕާޓްމަންޓުގައި ދިރިއުޅުމަށް އެކަށީގެން ނުވާތީވެ، ތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެ އިދާރާއިން ހަމަޖައްސައިދީފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނީ ފަސް ދިވެހިންނެވެ. އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނީ، ތިން ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެންޑީއޭން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް