ހުޅުމާލޭ އަތިރިމަތީގައި ދެ މީހަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
ހުޅުމާލޭ ގެސްޓްހައުސެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮތް މީހާ ފެނުނީ ހުޅުމާލޭ ފޭސް-1ގެ ގެސްޓްހައުސްއަކުން
1 ގަޑިއިރު ކުރިން
ހުޅުމާލޭގެ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން، ފުލުހުން އެތަނުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި އެމީހާ މަރުވެފައި އޮތީ، ހުޅުމާލޭ ފޭސް-1ގައި ހުންނަ ގެސްޓްހައުސްއެއްގެ ތިން ވަނަ ބުރީގަ އެވެ. އޭނާ މަރުވެފައި އޮތްކަން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު މެންދުރު ކަމަށް ބުންޏެވެ.
މަރުވެފައި އޮތީ ކާކުކަމެއް ފުލުހުންނެއް ނުބުނެ އެވެ. އެއީ ދިވެއްސެއްކަމެއް ވެސް އަދި ކޮން ޖިންސެއްގެ މީހެއް ކަމެއް ވެސް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.
ކޮމެންޓް