ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި 'ޝާކް ހަބް'އާ ގުޅޭ މައުލޫމާތު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައެއް އާއްމުންނަށް އެތަނުގެ ވެރިން ދެއްވަނީ (ފޮޓޯ/ފުވައްމުލަކު ސިޓީ ކައުންސިލް)
މިޔަރާގުޅޭ ދިރާސާތައް ކުރާ މަރުކަޒެއް ފުވައްމުލަކުގައި ހުޅުވައިފި
މިޔަރާ ގުޅޭ އެކި ދިރާސާތައްކޮށް، އެކަމާ ގުޅޭ އިލްމު އުނގެނުމާއި އާ އީޖާދުތައް އުފެއްދުމަށް، ފުރަތަމަ ފަހަރަށް މަރުކަޒެއް ޏ. ފުވައްމުލަކުގައި ހުޅުވައިފި އެވެ.
ވީ ކިހިނެއް؟- ރާއްޖެއިން އެންމެ ގިނައިން ފެމުނު މިޔަރު ފެންނަ އަދި 'ޓައިގާ ޝާކް އައިލެންޑް'ގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައި އޮންނަ ފުވައްމުލަކުގައި އިއްޔެ އެ މަރުކަޒު ހުޅުވީ، 'ޝާކް ރިސާޗު އެންޑް ކޮންވަޒޭޝަން ހަބް'ގެ ނަމުގަ އެވެ.
ދިވެހި ޖަމިއްޔާއެއް ކަމަށްވާ، 'ދަ މިޔަރު ޕްރޮގްރާމް'އިން ހުޅުވި މި މަރުކަޒުގެ މައިގަނޑު މަގްސަދަކީ އެތަނުން ބުނިގޮތުގައި:
-
ރާއްޖޭގެ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކުރުން
-
އަދި އެތަކެތީގެ މައުލޫމާތު އެއްކޮށް، ހިމާޔަތްކުރުމަށްޓަކައި ރިސާޗަރުންނާއި ސައިންޓިސްޓުން އަދި މުޖުތަމައުތަކުން ގުޅިގެން މަސައްކަތް ކުރުން
މި ޝާކް ހަބް ހުޅުވައިދެއްވީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގެވެ.
ކޮމެންޓް