ޑްރަގް ކެފޭއެއްގެ ގޮތުގައި ހިންގަމުން ދިޔަ ގެއެއް ބަންދުކޮށްފައި
ޑްރަގް ކެފޭއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަންދުކުރަން އަމުރުކޮށްފި
މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ނުވަތަ ޑްރަގް ކެފޭއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ މ. ލޭންޑްއޮފްގާޑްންގެ ބައެއް ބަންދުކުރުމަށެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި:
-
އެތަން ބަންދުކުރުމަށް އެންގީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް
-
މިއީ މާލޭގައި މި ގޮތަށް ބަންދު ކުރި ހަ ވަނަ ތަން
ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެއް ބަންދު ކުރުމަށް އެންމެ ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އިތުރު ފަސް ތަނެއް ބަންދުކުރުމަށް ވަނީ އަމުރުކުރުކޮށްފަ އެވެ.
ޑްރަގް ކެފޭގެ ގޮތުގައި ހިންގާތީ ބަންދު ކުރަން އެންގި ތަންތަން:
-
ހ. ގުންޒަރު
-
މ. ތަރިވިލާގެ
-
މ. އަމީރާމަންޒިލްގެ ބައެއް
-
މއ. ސެވެން އެންޑް ހައުސް
-
ހ. ކަނޑުފިނިގެ
ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން މި ގޮތަށް ބަންދުކުރާ ތަންތަނަށް، އެ މުއްދަތުގެ ތެރޭގައި ހުއްދަނެތި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެގޮތަށް ވަންނަ މީހުންނާއި އެތަންތަނަށް ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގުން މުހިއްމު - މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑްރަގް ކެފޭއާ ގުޅުން ހުރި ކަންކަމުގައި ދޭ އަދަބު މިހާރު ވަނީ ހަރުކަށިކޮށްފަ އެވެ. އެގޮތުން، އެ ފަދަ ހިދުމަތެއް ދޭ ތަނެއް ނުވަތަ ޑްރަގު ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރާ ތަނެއްގެ ވެރިފަރާތް 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 2 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ކޮމެންޓް