ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ: ހޫތީން ރޭ ސައުދީއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރޭ

ރާއްޖެ-ސައުދީ

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ދިވެހި ސަރުކާރުން ބުނީ، ސައުދީއިން އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތަށް އަދި ސަރަހައްދީ ނަޒާހާތްތެރިކަން ރައްކާތެރިކުރުމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށް
1 ގަޑިއިރު ކުރިން

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ ހޫތީންގެ ބާރުގެ ދަށުގައި އޮތް އެއާޕޯޓަކަށް ދިން ވައިގެ ހަމަލާތަކަށް ސައޫދީން އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށް، ހަތަރު އަހަރު ވަންދެން ދެމިއޮތް ސުލްހައިގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު ދިން ހަމަލާތަކެކެވެ. ސައޫދީން ބުނިގޮތުގައި، އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ވަނީ ދިފާއީ ނިޒާމުތަކުން ހުއްޓުވާފަ އެވެ. ސައޫދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު ވިދާޅުވީ، އެ މިސައިލްތައް ފޮނުވާލާފައިވަނީ 'ޓެރަރިސްޓް ހޫތީން' ކަމަށެވެ.

ތަފްސީލް - ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި:

  • މިއީ ސައޫދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހާތްތެރިކަމަށް އަރައިގަތުމުގެ ގޮތުން ދީފައިވާ ފާޅުކަން ބޮޑު ހަމަލާތަކެއް 

  • އަދި މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ބިރެއް ކަމުގައި ދެކޭ ކަމަށް

ބަޔާނުގައި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ ރައްޔިތުންނާ އެކު ތިބި ކަމަށް ބުނެފަ އެވެ. އަދި އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހާތްތެރިކަން ރައްކާތެރިކުރުމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ވެސް ބުންޏެވެ.

އެނގުން މުހިއްމު- ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ، ސައޫދީގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދިނީ، ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން "ބޮޑު އުދުވާނަށް" ރައްދުދިނުމުގެ ގޮތުން ކަމަށެވެ. ހޫތީން ވަނީ ހަމަލާތައް މަދުކޮށްގެން ތިބި ތިބުން ނިމުމަކަށް ގެނައިކަން އިއުލާންކޮށް، ސަންއާ އެއާޕޯޓުގެ "ހިސޯރު" އުވާލަންދެން ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެއާލައިންތަކަށް އިންޒާރު ދީފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް