ބޮޑުުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި މިހާރު ތާރުއަޅާ ނިމިފައި (ފޮޓޯ/އެމްޓީސީސީ)

މަގު ހެދުން

ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި މާދަމާ ތާރު އަޅާ ނިމޭނެ: އެމްޓީސީސީ

އެމްޓީސީސީއިން ބުނިގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މުހިއްމު މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ނިމިފައި
1 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ ބާކީ ބައިގައި މާދަމާ ތާރު އަޅައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

ވީ ކިހިނެއް؟- ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން، ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، މަގު ހެދުމުގެ މަސައްކަތް މިދިޔަ މާޗު މަހު ފަހުކޮޅު ފަށައި ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް މިހާރު ތާރު އަޅައި ވަނީ ނިންމާފަ އެވެ.

ތަފްސީލް - އެމްޓީސީސީއިން މިއަދު ބުނީ:

  • މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ނިންމާލުމަށް ތާވަލްކޮށްފައިވާ ކަމަށް

  • އެއާއެކު މިހާރު މުޅި މަޝްރޫއު ނިމުމާ ގާތްވެފައިވާ ކަމަށް

ބޮޑުުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި މިހާރު ތާރުއަޅާ ނިމިފައި (ފޮޓޯ/އެމްޓީސީސީ)

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 'ސަބް-ބޭސް' މަސައްކަތާއި 'އެގްރިގޭޓް ބޭސް ކޯސް'ގެ މަސައްކަތުގެ %100 މިހާރު ވަނީ ނިމިފަ އެވެ. އަދި މިއީ މުހިއްމު ކާމިޔާބީއެއް ކަމަށް ބުންޏެވެ.

އޭގެ އިތުރުން، މި މަޝްރޫއުގެ ސެގްމެންޓު ހަތަރަކާއި ފަހެއްގެ މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ މައި އިމާރާތް ކުރިމަތީ ފަޅުން އިތުރަށް ބޮޑު ބައެއް ހިއްކައި އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީއިން ބުނީ މި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ވެސް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށާއި އެއާއެކު، ސެގްމެންޓު ދެޔަކާއި ތިނެއްގެ ދުވާރު ހެދުމާއި ކޭބަލް ޓްރެންޗުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް