މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ބައްދަލުކުރުން މި އަހަރު ވެސް ނޯންނާނެ

އެ ބައްދަލުވުން ނުބޭއްވި ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، މިނިވަން ދުވަސް ކަމަށްވާ 26 ޖުލައިގެ ހެނދުނު 9 ޖަހާއިރު ސޯޝަލް ސެންޓަރުގައި އޮންނާނެ
1 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުވަތަ ރިސެޕްޝަން މި އަހަރު ވެސް ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ، އެ ބައްދަލުކުރެއްވުން ނުބާއްވަން ނިންމެވީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ. ފާއިތުވި ދެ އަހަރު ވެސް ހަރަދު ކުޑަކުރުމުގެ ގޮތުން އެ ހަރަކާތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ތަފްސީލް - އެ ބައްދަލުވުން ނުބޭއްވި ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، މިނިވަން ދުވަސް ކަމަށްވާ 26 ޖުލައިގެ ހެނދުނު 9 ޖަހާއިރު ސޯޝަލް ސެންޓަރުގައި އޮންނާނެ އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވާނެ އެވެ.

އެނގުން މުހިއްމު - މި އަހަރު ފާހަގަކުރަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް