އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް

އާސަންދަ

ގިނަ އަދަދެއްގެ ދިވެހިން ދާ އަމްރިތާއަށް އާ ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި

މިހާރު ވެސް ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް އާސަންދަ ލިބޭނެ ކަމަށާއި ނަމަވެސް އާ ބަލިމީހުން ފޮނުވުން މެދުކަނޑާލާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނި
1 ގަޑިއިރު ކުރިން

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - އަމްރިތާ ހޮސްޕިޓަލަކީ ދިވެހިންގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ތަނެކެވެ.

ތަފްސީލް - އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާނުލާ ކަމަށާއި މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންނަށް ހިދުމަތް ލިބޭނެ ކަމަށެވެ.

"އެގްރިމެންޓު ރިނިއުވަލްގައި އުޅެނީ. އާ ޕޭޝަންޓުން ފޮނުވުން މިވަގުތައް ހުއްޓާލާފައި. އެހެން ނަމަވެސް، އެތަނުން ހިދުމަތް ހޯދަމުން އަންނަ ބަލިމީހުންނަށް އާސަންދަ އިން ހިދުމަތް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ މިހާރު ކުރަނީ އެ ހޮސްޕިޓަލުގެ އަގުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތް ނިންމާ، އެގްރިމެންޓު އާކޮށް އަލުން ބަލިމީހުން ފޮނުވަން ފެށޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް