މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-ގަތަރު

ަގަތަރުގެ ކުރީގެ އަމީރު ހަމަދު އަވާހަރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް

ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ނިންމެވީ މިއަދު މެންދުރު 12 އިން މާދަމާ މެންދުރު 12އަށް

ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ނިންމެވީ މިއަދު މެންދުރު 12 އިން މާދަމާ މެންދުރު 12އަށް ކަމަށެވެ.

ތަފްސީލް - ޒަމާނީ ގަތަރުގެ ބާނީ ހަމަދު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ނިންމެވީ، ރައީސް އޮފީހުން ބުނި ގޮތުގައި:

  • ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން

  • ހަމަދު، ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު ރާއްޖެއާ މެދު ބެހެއްޓެވި ގާތްކަމާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުމަށް

ހަމަދުގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު، އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ގަތަރުގައި ބާއްވާ ހިތާމަ ފާޅުކުރުމުގެ ރަސްމީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް