ޕީއެންސީގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ
ޕީއެންސީގެ އިންތިހާބުގައި %85 މީހުން ވޯޓުލި: އަބްދުއްރަހީމް
ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި %85 މީހުން ވޯޓުލި ކަމަށް، ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- މިއަދު ހެނދުނު 9 އިން ހަވީރު 4 އަށްކުރިއަށް ގެންދިޔަ އިންތިހާބުގައި އެކި މަގާމުތަކަށް 2،500އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރި ކަމަށް ޕީއެންސީއިން ވަނީ ބުނެފަ އެވެ.
އިންތިހާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 40،000 މެމްބަރުންނަށް ލިބޭނެ ކަމަށެވެ. އަދި އޭގެތެރެއިން %85 މީހުން އެ ހައްގުގެ ބޭނުން ހިފައި، ވޯޓުލާފައިވާކަން ފާހަގަކުރެއްވި އެވެ.
"އެއީ ގާތްގަނޑަކަށް 32،000 އާއި 33،000 ދެމެދުގެ އަދަދެއް،" ވޯޓުގެ ނަތީޖާއަށް ފަހު ޔަގީން އަދަދު އެނގޭނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި:
-
119 ވޯޓު ފޮށި ބެހެއްޓި އިރު ގިނަ ބަޔަކު ވޯޓުލުމުން އެނގެނީ ޕާޓީއާ މެދު އޮތް ޝައުގުވެރިކަން
-
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް އޮތް ތާއީދު
ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބޭއްވި މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެތެރޭގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރި އެވެ.
އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
ކޮމެންޓް