3 މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން (ފޮޓޯ/ޕޮލިސް)

ނަލަހިޔާ ރެޒިޑެންސް އެޕާޓުމެންޓެއްގެ ތިޖޫރީ ފަޅާލައި 3 މިލިއަން ރުފިޔާ ވަގަށް ނެގުމުގެ ތުހުމަތުގައި ދައުވާކުރަން ފޮނުވައިފި

އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ އަތުން ބަދަލުގެ ގޮތުގައި 3 މިލިއަން ރުފިޔާ ނަގައިދޭން ވެސް ކޯޓުގައި ވަނީ އެދިފައި
1 ގަޑިއިރު ކުރިން

މިދިޔަ 15 މާޗުގައި މ. ނަލަހިޔާ ރެޒިޑެންސްގެ އެޕާޓުމެންޓެއްގައި ހުރި ދެ ތިޖޫރީ ފަޅާލައި، 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ފަސް މީހަކަށް ދައުވާކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ތަފްސީލް - އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ އަތުން، 3 މިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މާޗު 15 ވަނަ ދުވަހުގެ ރޭގަނޑު 9:02 ހާއިރު، މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަކަށް ގެއްލުންދީ އެ ތިޖޫރީތަކުގައި ހުރި 3.9 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާތީ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ކުރަނީ:

  • އަހުމަދު ފާރިސް، މ. އޭސިއާ

  • ޖަޒީލު މުހައްމަދު، ޖަޒީލާމަންޒިލް، ހދ. ނޮޅިވަރަންފަރު

  • މުހައްމަދު އަފްރާހު، މޫންލައިޓްވިލާ، ސ. މީދޫ

  • އިސްމާއިލް އާސިފް، ދާރުލް އައްވަލް، ރ. މަޑުއްވަރި

  • މުހައްމަދު ނޫރު އަހުމަދު، ކަސްތޫރިމާގެެ، ޅ. ނައިފަރު

މީގެ އިތުރުން ގާނޫނުލް އުގޫބާތުގެ 230 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި 220 ވަނަ މާއްދާގެ (ހ) ގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ފާރިސްގެ އިތުރުން ޖަޒީލާއި ނޫރުގެ މައްޗަށް ކޮށްފައިވެ އެވެެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް