ކޮރަޕްޝަނުގެ މައްސަލައެއްގައި މަގާމުން ވަކިކުރި ފިޝަރީޒްގެ ޑެޕިޔުޓީ މިނިސްޓަރު ޔަސީން
ގޯއްޗާއި ފްލެޓު ހޯދައިދޭނެކަމަށް ބުނެ މިލިއަނުން ފައިސާ ނެގި ޑެޕިޔުޓީ މިނިސްޓަރު ވަކިކޮށްފި
ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން މިލިއަނުން ފައިސާ އަތުލި މައްސަލައެއްގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށް ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން މައްސަލަ ބެލުމަށް ފަހު މަގާމުން ވަކިކުރީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޔަސީން އެވެ.
ތަފްސީލް - ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު 'ދައުރު'އަށް ވިދާޅުވީ ޔަސީންއަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެ މައްސަލަ ފުރަތަމަ ބެލީ ފިޝަރީޒް މިނިސްޓްރީން ކަމަށެވެ.
މައްސަލަ ސަމާކުމަކަށް އައުމާ އެކު އޭނާ ސަސްޕެންޑުކުރި ކަމަށާއި މިނިސްޓްރީގެ އެތެރޭގެ ތަހުގީގަށް ފަހު، އެ ތުހުމަތުތަކުގައި ހަގީގަތްތަކެއް ހުރުމުން ޔަސީން މަގާމުން ވަކިކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ފުލުހުން މިއަދު ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެެއް ނުދެ އެވެ.
ކޮމެންޓް