އެކްސިޑެންޓުވި ލޯންޗު (ފޮޓޯ/މެރިން ޕޮލިސް)

އެކްސިޑެންޓު ވުމުން ފިލި އުޅަނދު ހޯދަން އާންމުންގެ އެހީއަށް އެދެފި

އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންވި

ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.

ވީ ކިހިނެއް؟ -  އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންވި އެވެ. އަދި އެ ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

ތަފްސީލް - ފުލުހުން ރޭ ބުނީ ލީޖަން 1 ކިޔާ ލޯންޗާއި އެހެން އުޅަނދެއް ޖެހި، އެކްސިޑެންޓު ވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

​އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައިވާ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

 މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.


ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް