ޕީއެންސީ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/ޕީއެންސީ)

ޕީއެންސީ

ޕީއެންސީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

މިއަދު ހެނދުނު 9 އިން ހަވީރު 4 އަށްކުރިއަށް ގެންދާ އިންތިހާބުގައި އެކިއެކި މަގާމުތަކަށް 2،500އަށް ވުރެ ގިނަ މީހުން އިންތިހާބުކުރާނެ
1 ގަޑިއިރު ކުރިން

ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9 އިން ހަވީރު 4 އަށްކުރިއަށް ގެންދާ އިންތިހާބުގައި އެކި މަގާމުތަކަށް 2،500އަށް ވުރެ ގިނަ މީހުން އިންތިހާބުކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީއެންސީ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/ޕީއެންސީ)

ތަފްސީލް - ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބާއްވާ އެ ޕާޓީގެ އެތެރޭގެ މި އިންތިހާބުގައި ވޯޓުލުން މާލޭގެ އިތުރުން 131 ރަށެއްގައި ކުރިއަށްދާނެ އެވެ. އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެތެރޭގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

ޕީއެންސީ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/ޕީއެންސީ)

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުން ވެސް މިއަދުގެ އިންތިހާބުން ހޮވާނެ އެެވެ. ޕީއެންސީ މެންބަރުން މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް އިންތިހާބު ކުރާނީ ދާއިރާތަކުގެ ނައިބު ރައީސުންނެވެ.

ޕީއެންސީ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/ޕީއެންސީ)

ޕީއެންސީއިން ބުނީ މިއަދުގެ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މަގާމުތަކަށް އެންމެ ގިނަ މެންބަރުން އިންތިހާބުކުރާ އިންތިހާބަަށް ވާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް