އަނިޔާވި މީހުންނަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ލޯންޗެއް އެކްސިޑެންޓުވެ 5 މީހަކަށް އަނިޔާވެއްޖެ
ލޯންޗެއް ރޭ އެކްސިޑެންޓުވެ 5 މީހަކަށް އަނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނީ ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗެއް މާލޭ އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ 9:16 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދިނުމަށް 5 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް