ރައީސް އޮފީހުން 28 އޭޕްރީލް 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު މުހައްމަދު ރަޝީދު. (ފޮޓޯ/ރައީސް އޮފީސް)
ފެނަކަ އިން އިސްތިއުފާ ދިން މުއާޒު ފެންކުނީގެ ޑީއެމްޑީ އަކަށް
ފެނަކަގެ މެނޭޖިން ޑިރެކްޓަރުކަމުން23 ޑިސެމްބަރު 2024 ގައި އިސްތިއުފާދެއްވި މުއާޒު މުހައްމަދު ރަޝީދު ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑަބްލިއުއެސްސީގެ ބޯޑުން ނިންމައިގެން މުއާޒު އެ މަގާމަށް އައްޔަނު ކުރި އިރު މި ސަރުކާރުގައި އޭނާ ފުރަތަމަ އައްޔަނުކުރީ ފެނަކަ ގެ އެމްޑީއަކަށެވެ.
ތަފްސީލް - 'ދައުރު' އަށް އެނގިފައިވާ ގޮތުގައި މުއާޒު ފެން ކުންފުނީގެ ޑީއެމްޑީ އަކަށް އައްޔަނުކުރަން ކުންފުނީގެ ބޯޑުން ނިންމިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ނިންމުން ނިންމި ސީދާ ތާރީހެއް ކަށަވަރެއް ނުވެ އެވެ.
ފާހަގަ ކުރެވޭ - މުއާޒު ފެނަކަގެ އެމްޑީގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާ ރައީސް މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، މަގާމުގައި ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން އަންގައިގެން ކަމަށް ވެސް އޭރު ވާހަކަ ދެކެވުނެވެ.
ކޮމެންޓް