އެމްއެމްއޭ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްއޭ

އެމްއެމްއޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 15ގެ ނިޔަލަށް

އެމްއެމްއޭގެ ސްކޮލަޝިޕް ފުރުސަތުގެ ދަށުން މެލޭޝިއާގައި ބެޗެލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށް ފުރުސަތު ލިބޭނެ
5 ގަޑިއިރު ކުރިން

މަރުކަޒީ ބޭންކު، އެމްއެމްއޭން ދޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 15އާ ހަމައަށް އޮންނާނެ ކަމަށް އެތަނުން ބުނެފި އެވެ.

ތަފްސީލް - އެމްއެމްއޭގެ ސްކޮލަޝިޕް ފުރުސަތުގެ ދަށުން މެލޭޝިއާގައި ބެޗެލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށް ފުރުސަތު ލިބޭނެ އެވެ.

އެމްއެމްއޭން ސްކޮލަޝިޕް ދޭ ދާއިރާތަކަކީ:

  • ބެޗެލާ އޮފް އެކައުންޓިން (ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ)

  • މާސްޓާ އޮފް ލޯސް (އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ)

  • މާސްޓާ އޮފް އިކޮނޮމިކްސް (އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ)

  • ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް؛ ކޯސްވޯކް އެންޑް ޑިސަޓޭޝަން (އިންސީފް ޔުނިވާސިޓީ، މެލޭޝިއާ)

  •  ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް؛ ރިސާޗު (އިންސީފް ޔުނިވާސިޓީ، މެލޭޝިއާ)

  • ޕީއެޗްޑީ އިން އެޕްލައިޑް މުއާމަލާތު، އިކޮނޮމިކްސް އެންޑް ފައިނޭންސް (އިންސީފް ޔުނިވާސިޓީ، މެލޭޝިއާ) 

ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވާސިޓީގެ އެހެން ހަރަދުތައް އެމްއެމްއޭން ހަމަޖައްސައިދޭނެ އެވެ. މީގެ އިތުރުން، ކޯހުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދުތަކާއި އަހަރަކު އެއް ފަހަރު ބުކް އެލަވެންސް، އެސްޓެބްލިޝްމެންޓު އެލަވެންސް، ޑިޕާޗާ އެލަވެންސް، ޕްރޮގްރާމަށް ފުރާއިރު އަދި ނިމިގެން އަންނައިރު ފްލައިޓް ޓިކެޓުގެ އިތުރުން ވިސާ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް ހަމަޖައްސައިދޭނެ އެވެ.

ސްކޮލަޝިޕް ފުރިހަމަކުރުމަށް ފަހު ފަސް އަހަރުގެ މުއްދަތަށް ރާއްޖެއަށް ހިދުމަތްކުރުމަށް ބޮންޑު ކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް