ޕޯސްޓު މެދުވެރިކޮށް ގެނައި މަސްތުވާތަކެތި (ފޮޓޯ/ކަސްޓަމްސް)
ޕޯސްޓުން ގެނައި 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
ތަފްސީލް - ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަދުދަނުގައި 3.6 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަަގުމަތީ އަގު 5 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ވެސް ކަސްޓަމްސް އިން އަތުލައިގަނެ އެވެ.
ކޮމެންޓް