އޭޑީކޭ ހޮސްޕިޓަލް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކޮނޑުހުޅު ބަދަލު ކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭގެ ދިވެހި ޑޮކްޓަރުން ކޮށްފި

މީގެ ކުރިން އެ ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ތައިލެންޑާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ތަޖުރިބާކާރު ޑޮކްޓަރުން އޭޑީކޭއަށް ވަޑައިގެން
1 ގަޑިއިރު ކުރިން

އޭޑީކޭގެ ކަށީގެ ޑިޕާޓުމެންޓުގައި މަސައްކަތް ކުރައްވާ ދިވެހި ދެ ޑޮކްޓަރުން ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން އެ ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ތައިލެންޑާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ތަޖުރިބާކާރު ޑޮކްޓަރުން އޭޑީކޭއަށް ވަޑައިގެންނެވެ.

ތަފްސީލް - ނަމަވެސް މިފަހަރުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓެންޓު އޯތޮޕީޑިކްސް ޑރ. މުހައްމަދު މިޝްވާރު އަޝްފާގާއި ކޮންސަލްޓެންޓު އޯތޮޕީޑިކް ސްޕޯޓްސް އެންޓް ޓްރޯމާ އާތުރޮސްކޯޕިކް ސާޖަން ޑރ. މުހައްމަދު ރައްޒާން ރަމީޒު އިސްކޮށް ތިއްބަވައިގެންނެވެ.

ޑރ. މިޝްވާރު ވިދާޅުވީ ކޮނޑުހުޅު ބަދަލުކުރަން ޖެހެނީ ކޮނޑުގެ މަސްގަނޑު އިރައިގެން ގޮސް ހަރަކާތް ނުކުރެވޭ ހާލަތުގައި ކަމަށާއި އެފަދަ އޮޕަރޭޝަންތައް ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތަކާ އަޅާބަލާއިރު މަދު ކަމަށެވެ.

ކޮނޑު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި ކުރަންޖެހެނީ ތަދުގެ ސަބަބުން ހަރަކާތް ނުކުރެވޭ ހާލަތުގަ އެވެ. އޮޕަރޭޝަން ކުރުމުން ތަދު ކެނޑި އާންމު ދިރިއުޅުމުގެ މަސައްކަތްތައް ކުރަން ފަސޭހަވެ އެވެ.

އޮޕަރޭޝަނަށް ފަހު ބަލިމީހާގެ ކޮނޑުހުޅުގެ ތަދު އެއްކޮށްހެން ފިލައިގެން ގޮސްފައިވާ ކަމަށާއި އޮޕަރޭޝަނުގެ ފުރަތަމަ ދުވަހު ވެސް ބަލިމީހާގެ އަތް 90 ޑިގްރީއަށް ހިއްލުނުކަން ޑރ. މިޝްވާރު ފާހަގަ ކުރެއްވި އެވެ.

މި ހިދުމަތް ކުރިއަށް އޮތް ތަނުގައި ވެސް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔުމަކީ އުއްމީދު ކަމަށް ޑރ. ރައްޒާން ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް