ގެނބެމުން ދިޔަ ދެ ކުދިން ސަލާމަތް ކުރި ފުލުސް އިބްރާހިމް ނަބީހު (ކ) އާއި އާއްމު މީހާ މުހައްމަދު އާހިލް

އއ. ހިމަންދޫ

ހިމަންދޫގައި ގެނބެމުން ދިޔަ ދެ ކުއްޖަކު ސަލާމަތްކޮށްފި

ގެނބެމުން ދިޔައީ 11 އަހަރާއި 12 އަހަރުގެ ކުޑަދެކުދިން
49 މިނިޓު ކުރިން

އއ. ހިމަންދޫގައި މޫދަށް އެރި އުޅުނު ކުޑަ ދެ ކުއްޖަކު ގެނބެނިކޮށް ސަލާމަތްކޮށްފި އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި އުމުރުން 11 އަހަރާއި 12 އަހަރުގެ ދެ ކުދިން ސަލާމަތް ކުރީ، އާއްމުންގެ މީހަކާއި ފުލުހަކު ފަތާފައި ގޮހެވެ. 

ފުލުހުން ބުނިގޮތުގައި:

  • ދެ ކުދިން ގެނބެމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ދިނީ އެ ސަރަހައްދުގައި ހުރި އަންހެނެއް

  • އޭރު އެ ކުދިން ތިބީ ރަށުގެ ގޮނޑުދޮށުން ފެށިގެން 100 މީޓަރު ދުރުގައި

އެތަނުން ބުނިގޮތުގައި އެ މަންޒަރު ފެނުމާއެކު ފުލުހެއް ކަމަށްވާ އިބްރާހިމް ނަބީހު އާއި ހިމަންދޫގެ މުހައްމަދު އާހިލް ވަގުތުން މޫދަށް ފުންމާލައި އެ ކުދިން ތިބި ތަނަށް ދިޔަ އެވެ.

ފުލުހުން ބުނިގޮތުގައި:

  • ކުދިން ސަލާމަތް ކުރުމުގެ ތެރޭގައި އެ ކުދިންނަށް ވަނީ ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައި

  • އެކަމަކު ހާލު ސީރިއަސްއެއް ނޫން

ފުލުހުން ވަނީ މޫދަށް އެރި އުޅުމުގައި، ހާއްސަކޮށް ކުޑަކުދިން މޫދަށް އެރިއުޅުމުގައި ސަމާލުވުމަށް އެދިފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް