ހުޅުމާލޭގެ ދުވާރުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަނީ (ފޮޮޓޯ/ޕޮލިސް)

ޕާކުކުރުން

ހުޅުމާލޭގެ ދުވާރުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި

ހުޅުމާލޭގެ ދުވާރުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވަނީ އެކަން އެގޮތަށް ނުކުރުމަށް ހަނދާންކޮށްދިނުމަށް ފަހު
1 ގަޑިއިރު ކުރިން

ހުޅުމާލޭގެ ދުވާރުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކާ ހިނގާފައި އުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ނޫން އެހެން އެއްވެސް އުޅަނދެއް ދުއްވުމާއި ޕާކުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އެ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ވެސް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން އިއްޔެ ވަނީ ހުޅުމާލޭގެ ވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކޮށް އެކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ފާހަގަކުރެވޭ - ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ޕާކިން މައްސަލަ ވެސް އަންނަނީ ބޮޑުވަމުންނެވެ. ހާއްސަކޮށް މަގުގެ އެއް ފަރާތުގައި ޕާކު ކުރާތީ ޓްރެފިކް ފްލޯއަށް ދަތިވެ، ހިނގާ މީހުންނަށް ވެސް އެކި ކަހަލަ ދަތިތައް ކުރިމަތިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް