ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި ބަޔަކު ބައިވެރިވަނީ (ފޮޓޯ/ދިރާގު)

ވަޒީފާއަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާން އަންގައިފި

ގެޒެޓުގައި އާއްމު ކުރި އެކަމާ ގުޅޭ ގަވައިދުގެ އިސްލާހުގައި ބުނީ ފޯމު ފުރިހަމަކުރުމާއި އެ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގައި ވެސް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް
1 ގަޑިއިރު ކުރިން

ވަޒީފާއަށް ކުރިމަތިލާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ފޯމު ހުށަހެޅުމާއި އެކި ކަންކަމުގައި ވަޒީފާ ދޭ ފަރާތާއި ކަމާ ގުޅޭ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ގެޒެޓުގައި ހިމަނައިފި އެވެ.

ވީ ކިހިނެއް؟- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި އަމަލުކުރާ ގަވައިދަށް މިއަދު ވަނީ އިސްލާހުތަކެއް ގެނެސް، ގެޒެޓުގައި އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ފުރިހަމަކުރަން ޖެހޭ ފޯމު ފުރިހަމަކުރުމާއި އެ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހީތެރިކަމަށް އެދިއްޖެ ނަމަ، ވަޒީފާ ދޭ ފަރާތުންނާއި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭން ވާނެ އެވެ.

އޭގެ އިތުރުން އެ ގަވައިދަށް ގެނައި އެހެން އިސްލާހެއްގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާ ހަމަޖެއްސުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ވާނީ، އެ ގަވައިދުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނެނީ:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދޭ ތަންތަނުގައި ފުރިހަމަވާން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑު

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލްކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަން ޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑު

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެެއްސުމުގެ އާއްމު މިންގަނޑު

އެ ގަވައިދަށް ގެނައި އެހެން އިސްލާހެއްގައި ބުނީ ތައުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިން ފިޔަވައި، ނުކުޅެދުންތެރިކަން ހުންނަ އެހެން މީހުންގެ ކޮމްޕީޓެންސީ ޕްރޮފައިލް ތައްޔާރުކުރަން ޖެހޭނީ މިނިސްޓްރީން ކަމަށެވެ. އަދި އެ ޕްރޮފައިލް ހަތް ދުވަހުގެ ތެރޭގައި އެ މީހުންނާ ހަވާލުކުރަންވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް