2 ސެޕްޓެމްބަރު 2021ގައި ސްޓެލްކޯ ކުރިމަތި (ދައުރު ފޮޓޯ)

ސްޓެލްކޯ

ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދެވިއްޖެ: ސްޓެލްކޯ

30 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރި ނަމަވެސް، ބައެއް ހިސާބުތަކަށް ކަރަންޓު ލިބުނީ ދެ ގަޑިއިރު ފަހުން
21 ޖެނުއަރީ 2022

ގްރޭޓާ މާލެ އިންޓަކަނެކްޝަންގެ މެއިންޓަނެންސް މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 7 ހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. ހެނދުނު ކަރަންޓު ކެނޑިދާނެކަން ސްޓެލްކޯ އިން ރޭ އޮތީ އަންގައިފަ އެވެ.

ތަފްސީލް - ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނުތާ މާ ގިނައިރުތަކެއް ނުވެ، ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށެވެ. ކުރިން ލަފާކޮށްފައި އޮތީ 30 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށެވެ. ނަމަވެސް ބައެއް ހިސާބުތަކަށް ކަރަންޓު ނުލިބި 2 ގަޑިއިރު ދިޔަކަމަށް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ބުންޏެވެ.

ހެނދުނު 8 ޖެހިއިރު ވެސް ހެންވޭރުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ނުލިބެ އެވެ. ނަމަވެސް 9 ޖެހިއިރު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން މިފަދަ މަސައްކަތްތައް ކުރިޔަށް މިގެންދަނީ ކުރިޔަށްއޮތް ތަނުގައި ދިމާވެދާނެ ކުއްލި ޓެކްނިކަލް މައްސަލަތައް ވީހާވެސް ކުޑަކޮށް، ފުރިހަމަ ހިދުމަތެއް ރައްޔިތުންނަށް ފޯރުވައިދިނުމަށް،" ސްޓެލްކޯ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް