މީގެ ކުރިން މާފަންނުގައި މާރާމާރީއެއް ހިނގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި (ދައުރު ފައިލް ފޮޓޯ/އިބްރާހީމް އިފާޒު)

މާރާމާރީ

މާލޭގައި މާރާމާރީއެއް ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި

ހަ މީހަކު ހައްޔަރުކުރުމުގެ އިތުރުން ފާސްކުރި ގެއިން ވަޅިއަކާއި ގާތްގަނޑަކަށް 40،000އެއްހާ ރުފިޔާ ވެސް ހޯދި

މާލެ އާއި ހުޅުމާލޭގައި މާރާމާރީއެއް ހިނގަން ރާވަމުންދާ ކަމުގެ ތުހުމަތަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ. އެމީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ތަންތަން ބަލާ ފާސްކުރުމުން ވަޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންއާ ގުޅޭ ބައެއް މައުލޫމާތު ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާފަންނު ގެސްޓް ހައުސްއަކާއި އެމީހުންނާ ގުޅުން އޮތް ކަމަށް ބެލެވޭ ސަރަހައްދެއް ވަނީ ބަލާފާސްކޮށްފައި ކަމަށެވެ. އެގޮތުން:

  • ހައްޔަރުކުރީ  34 އަހަރާ 21 އަހަރާ ދެމެދުގެ ހަ ދިވެހި ފިރިހެނުން

  • އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ރުފިޔާ ފެނިފައިވޭ

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގާޒިރު ކުރުމުން، ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ. ބާކީ ތިބި ދެ މީހުން ކޯޓުން ވަނީ ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް