ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސަރުކާރު މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި

ބަފާ ޓައިމްގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ގަވައިދުގައި ވަނީ ހިމަނާފައި
1 ގަޑިއިރު ކުރިން

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ގަވައިދު އިއްޔެ އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސިވިލް ސާވިސް ގަވައިދުގައި، ބަފާ ޓައިމް ދޭނެ ގޮތް ހިމަނައި ގަވައިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ތަފްސީލް - އިސްލާހުގައި ބުނެފައިވަނީ ބަފާ ޓައިމް އަކީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ.

އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް އިސްލާހުގައިވެ އެވެ. އެގޮތުން:

  • މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފާ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެ

  • ބަފާ ޓައިމްގެ ތެރޭ ހާޒިރުވާ ނަމަ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެހޭ

  • ބަފާ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށް

ބަފާ ޓައިމަށް 30 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވާއިރު، އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން:

  • މިސާލަކަށް އޮފީހުގެ ގަޑިޖެހޭ ވަގުތަކީ 8 ޖަހާއިރު ކަމަށްވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 8:15ގައި ނަމަ މަސައްކަތް ނިމޭނީ 2:15އަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް