އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު، އެ ޖަމާއަތުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ފަލަސްތީން

ފަލަސްތީނަށް އަހަރަކު ބައި ލައްކަ ޑޮލަރު ދޭން ރާއްޖޭން ވައުދުވެއްޖެ

ރާއްޖޭން މި އެހީތެރިކަން ދޭން ނިންމީ އދ.ގައި ބޭއްވި ބައްދަލުވުމެއްގައި
1 ގަޑިއިރު ކުރިން
3

އިޒްރޭލުގެ ޓެރަރިސްޓު ހަމަލާތަކުން ސުންނާފަތިވެފައިވާ ފަލަސްތީނަށް އެހީގެ ގޮތުގައި އަހަރަކު ބައި ލައްކަ ޑޮލަރު ދޭން ރާއްޖޭން ވައުދުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ބޮޑު އެހީތެރިކަން ދޭން ރާއްޖޭން ނިންމީ، އދ.ގެ މައި މަރުކަޒުގައި ބޭއްވި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރާ)އަށް އެހީވުމާ ގުޅޭ ކޮންފަރެންސްގަ އެވެ.

އެކަން އިއުލާން ކުރެއްވީ، އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރެވެ.

ތަފްސީލް - އެ ކޮންފަރެންސްގައި ނަސީރު ދެއްވި ބަޔާނުގައި ވިދާޅުވީ، އަންރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ބަޖެޓާ ގުޅުންހުރި ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ، ބައެއްގެ ކަރާމާތް ހިމާޔަތްކުރުމަށާއި ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ރައްކާތެރިކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ:

  • އަންރާގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ އެޖެންސީއާ ދެކޮޅަށް ބައެއް މީހުން ކުރާ ދޮގު ތުހުމަތުތަކުގެ މައްޗަށް ވާހަކަ ދައްކަވާފައި

  • އެ ޖަމިއްޔާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ދާއިމީ ފަންޑިން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލެއްވި 

އެނގުން މުހިއްމު - ރާއްޖޭން ވަނީ 2024 ވަނަ އަހަރު ވެސް އަންރާއަށް ބައި ލައްކަ ޑޮލަރު ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން އެކި ޗެރިޓީ އިވެންޓުތަކާއި ކެމްޕޭންތަކުން އެތައް މިލިޔަން ރުފިޔާއަށް މިދިޔަ ދުވަސްތަކުގައި ފަލަސްތީނަށް ހަދިޔާކޮށްފައިވެ އެވެ.

ކޮމެންޓް (3)

profile-image-placeholder

ޢަރަފާތު

37 މިނިޓު ކުރިން
ޢަހަރެމެންގެ ޓެކްސް ފައިސާއިން ދީގެން ނުވާނެ، މިއުޅެނީ އަނގައާއި އަތާއި ދިމާނުވެގެން

ޔާސިރު

39 މިނިޓު ކުރިން
ސަލާންޖަހައިގެން ހޯދާ ފައިސާ އެހެން ގައުމުތަކަށް ބަހަނީ؟ ދެން ސަލާން ޖަހަން ދިޔައިމަ ގައުމުތަކުން ވަރަށް ރީތި ޖަވާބު ދޭނެ!

ހަމް

50 މިނިޓު ކުރިން
ކީއްކުރަން ކުރާކަމެއް. ބޭނުން ހުރި ކަމެއް ނޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް