ސްޓޭޓް ފާމާ ކުންފުނީގެ ބޭސް ފިހާރައެއް (ފޮޓޯ/ސްޓޭޓް ފާމާ)
އެސްޓީއޯ ފާމަސީތައް ސްޓޭޓް ފާމާއަށް ބަދަލުކޮށް ހިދުމަތް ފަށައިފި
އެސްޓީއޯ އިން ހިންގަމުން އައި ބޭސް ފިހާރަތައް ސްޓޭޓް ފާމާ ކުންފުނީގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސްޓޭޓް ފާމާ އިން ބުނީ އެ ކުންފުނީގެ ދަށަށް ފާމަސީތައް ބަދަލުކޮށް ހިދުމަތް ދޭން ފެށީ މިއަދު ކަމަށެވެ.
ތަފްސީލް - އެ ކުންފުނިން ބުނީ، މަގުސަދަކީ މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
ސްޓޭޓް ފާމާ އިން ބުނީ:
-
އަލަށް ހިދުމަތް ފަށައިގަންނައިރު ދަތިތައް ހުރެދާނެ
-
ކުންފުނީގެ ހޮޓްލައިން 1505 އިން 24 ގަޑިއިރު ހިދުމަތް ލިބޭނެ
-
އެންމެ އިސް މަގުސަދަކީ 'ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް' ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން
އެނގުން މުހިއްމު - ރާއްޖޭން ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވަމުން ގޮސް، ސަރުކާރުން ބޭސް އެތެރެކުރަން ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ކޮމެންޓް (1)
ތެފައާސާ.