ފިރުޒުލް އަބްދުﷲ ހަލީލު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި

ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައި؛ ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނަކީ ވެސް އޭނާ
1 ގަޑިއިރު ކުރިން

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައްޖު ކޯޕަރޭޝަނުގެ އެމްޑީގެ މަގާމަށް ފިރުޒުލް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަން ކޮމިޝަނުގެ މެންބަރަކަށް އައްޔަންކުރުމުން އެ މަގާމު ހުސްވުމުންނެވެ.

ތަފްސީލް - ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނަކީ ވެސް އޭނާ އެވެ.

ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާގައި ރައީސް މުހައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް