މިއަދުގެ މަޖިލިސް ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރަން މިނިސްޓްރީން ހަރަދު ކުރީ 4.1 މިލިއަން ރުފިޔާ: ހީނާ
މިދިޔަ އަހަރު ފާހަގަ ކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހަށް އެ މިނިސްޓްރީން ހޭދަކޮށްފައި ވަނީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހީނާ މިގޮތަށް ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން:
-
އޭނާ ހޯދުމަށް އެދިވަޑައިގެންނެވި މައުލޫމާތަކީ، 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްލަ ހަރަދު ކުރެއްވި ގޮތާއި ހިނގި ހަރަދުތަކުގެ ތަފްސީލު އަދި އަތޮޅުތަކުގެ ހަރަކާތްތަކަށް ދިޔަ ހަރަދުގެ ތަފްސީލު ދިނުމަށް
ތަފްސީލު - އެ ދެ ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ:
-
އެ މިނިސްޓްރީން ހިންގި ހަރަކާތްތަކަށް ޖުމްލަ ހަރަދުވެފައި ވަނީ 4.1 މިލިއަން ރުފިޔާ
-
މާލެ ފިޔަވާ އަތޮޅު ތެރޭ އެއްވެސް ރަށެއްގައި މި ހަރަކާތްތައް ހިންގާފައި ނުވޭ
"އެހެންވީމަ، އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް އެއްވެސް ހަރަކާތެއް ހިންގާފައި ނުވޭ،" ހީނާ އިތުރަށް ވިދާޅުވި އެވެ.
ކޮމެންޓް