ދަރިވަރުންތަކެއް ކްލާހުގައި: މި އަހަރުގެ ފުރަތަމަ ޓާމުގެ އިމްތިހާނު މިއަދު ވަނީ ފަށާފައި

ތައުލީމު

ސްކޫލުތަކުގެ ފުރަތަމަ ޓާމު ޓެސްޓު ފަށައިފި

އިމްތިހާނު ނިންމައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ
1 ގަޑިއިރު ކުރިން

ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ އިމްތިހާނު މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އިމްތިހާނު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. ޓެސްޓު ދޭނީ ގްރޭޑު ހަތަކުން ފެށިގެން 10ގެ ދަރިވަރުންނަށެވެ.

ތަފްސީލް - ކަލަންޑަރުގައިވާ ގޮތުން:

  • އިމްތިހާނު ނިމޭނީ ޖުލައި 16ގައި

  • އެއާ އެކު ދަރިވަރުންނަށް ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނެ

  • ހަފުތާ ބަންދާ އެކު، ދަރިވަރުންނާ ޗުއްޓީގެ ގޮތުގައި 16 ދުވަސް ލިބޭނެ

  • ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ 2 އޮގަސްޓުގައި

ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ދަރިވަރުން މި އަހަރު 199 ދުވަހު ކިޔަވާނެ އެވެ. ދެން އެންމެ ބޮޑު އިމްތިހާނަކަށް ކުރިމަތީގައި އޮތީ، އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައި އޮންނަ އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް