ކުރީގެ ރައީސް އަބުالله ޔާމީންގެ ޕީއެންއެފުން އާޓިފިޝަލް ބީޗްގަައި ބެއްވި ޖަލްސާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު އަޝްހަލް ސައީދު)

ޑޮލަރުގެ ކަޅުބާޒާރެއް އުފެދޭނީ ސަރުކާރު ފެއިލްވީމަ: ޔާމީން

ޔާމީން ވިދާޅުވީ، ޑޮލަރުގެ ރޭޓު ހިފެހެއްޓޭނީ ދައުލަތުގައި އެވަރަށް ޑޮލަރު ވެސް ހުރެގެން ކަމަށާއި އެ ރޭޓު ނުހިފެހެއްޓޭ ނަމަ އޭގެ މާނައަކީ ދައުލަތުގައި ޑޮލަރު ނެތީކަން ކަމަށް
1 ގަޑިއިރު ކުރިން

ޑޮލަރުގެ ކަޅުބާޒާރެއް އުފެދޭނީ ފައިސާގެ ރޭޓު ހިފެހެއްޓުމަށް ސަރުކާރު ފެއިލުވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، ރައްޔިތުންނާއި ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ޑޮލަރު ދޫކޮށްފައިވާ ކަމަށާއި ކަޅުބާޒާރަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ، ޑޮލަރުގެ ރޭޓު ހިފެހެއްޓޭނީ ދައުލަތުގައި އެ ވަރަށް ޑޮލަރު ވެސް ހުރެގެން ކަމަށާއި އެ ރޭޓު ނުހިފެހެއްޓޭ ނަމަ އޭގެ މާނައަކީ ދައުލަތުގައި ޑޮލަރު ނެތީ ކަމަށެވެ.

"ތަރުޖަމާން [މުހައްމަދު ހުސެއިން ޝަރީފް] ތިހެން ވިދާޅުވި ނަމަ، ތަރުޖަމާނަށް އެނގިވަޑައިނުގަންނަވަނީ އެނގޭތޯ. ކަޅުބާޒާރެއް އުފެދޭނީ ސަރުކާރު ފެއިލް ވީމަ. ޑޮލަރު ދިވެހި ރޭޓުގައި ނުހިފެހެއްޓޭކަމުގައި ވަންޏާ ކަޅުބާޒާރު އުފަންވަނީ އެނގޭތޯ. އެހެން ނޫނިއްޔާ ކަޅުބާޒާރަކަށް ޖާގައެއް ނުލިބޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުން:

  • ދިވެހި ރުފިޔާ އާއި ޑޮލަރުގެ ރޭޓު ހިފެހެއްޓުމަކީ ގާނޫނުން އެމްއެމްއޭއާ ހަވާލުކޮށްފައިވާ ކަމެއް 

  • އެހެންވީމާ ކަޅުބާޒާރަކީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ ބުނާ ނަމަ އޭގެ މާނައަކީ ސަރުކާރަށް ޑޮލަރުގެ ރޭޓު ނުހިފެހެއްޓެނީއޭ 

  • އެ ރޭޓު ނުހިފެހެއްޓެނީ އެ ވަރަށް ދައުލަތުގައި ޑޮލަރު ނެތީމަ؛ ޑޮލަރު ހުރި ނަމަ ރޭޓު 20.7ރ.އަށް އަރައިގެނެއް ނުދާނެ

  • މި ހާލަތުގައި، ރައްޔިތުންނާއި އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ދޫކޮށްފިއޭ ބުނާނީ ހިސާބު އަކުރަށް ބަލާ ވެސް ނުލާތީ

  • މުޅި އިގްތިސޯދު މެނޭޖުނުކުރެވި، މަޝްރޫއުތައް ހިންގަން އުޅޭ ނަމަ ސަރުކާރަށް އޮބި ނޯންނަ ވަރަށް ޑޮލަރުގެ އަގު އުފުލިގެންދާނެ

"އެހެންވީމާ ސަރުކާރުގެ ފޭލިއާއިން ޒަރޫރީ ހާލަތަށް ބޭނުންވާ ބޭނުންތައް ފުއްދަން ރައްޔިތުން ބޭނުންވާނީ. އެކަން ހިފަން ނުކުމެ، ވަގު ހިފަން ފުލުހުން ނުކުމެ އުޅެގެން ހަމަ އުފެދޭނީ އިތުރަށް ކުށްވެރިން،" ޔާމީން ވިދާޅުވި އެެވެ.

ކަޅު ބާޒާރުގައި މިހާރު ޑޮލަރު ހުރީ 20.5ރ. އިން މަތީގަ އެވެ. މިއީ މިފަހުން ކަޅު ބާޒާރުގައި ޑޮލަރު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެއާ އެކު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް