މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަނީ

މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް އިއްޔެ ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާއިރު މީގެ ކުރިން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީގެން ބަޔެއްގެ މައްޗަށް ދައުވާ ވެސް ކޮށްފައިވޭ
1 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ތަފްސީލް - ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ ހުށަހެޅިކަމާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަން ބުނުމުގެ އިތުރަށް އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ޒަރީރަށް ފަސް މީހުންގެ ގްރޫޕަކުން ތޫނު އެއްޗަކުން އޭނާގެ ބޮލަށް ހަމަލާދިން މައްސަލަ އެއްގައި ދައުވާ ކޮށްފައި ވެސްވެ އެވެ. ނަމަވެސް ކޯޓުން ހުކުމްކުރީ އެ ދައުވާތައް ސާބިތުނުވާ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް