މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާ ގަޑިއެއްގައި މީހަކު ސައިކަލު ދުއްވާފައިދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާދަމާއިން ފެށިގެން ވިއްސާރަ އަލިވާނެ: މެޓު

މެދުރާއްޖެ ތެރެ އާއި ދެކުނަށް މިއަދު އަދި އޮތީ ވިއްސާރަ
1 ގަޑިއިރު ކުރިން

ރާއްޖޭގެ ބަައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާ އަލިކޮށްލައި މޫސުން ރީތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްކޮށް އުޅޭތާ މިހާރު ދެތިން ދުވަސްވެއްޖެ އެވެ. ރޭ ވެސް މެދުރާއްޖެ ތެރެއަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

ތަފްސީލް - މެޓު އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށެވެ. އެކަމަކު އުތުރުގެ އަތޮޅުތަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ދެން އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން ވިއްސާރަ އަލިވާނެ. ދޭތެރެ ދޭތެރެއިން ކެރި އައިސްދާނެ. އެކަމަކު ގަދައެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހު ވެސް އޮތީ މޫސުން ރީތިކޮށް ކަމަށާއި ކަނޑު ވެސް މާ ގަދަނުވާނެ ކަމަށެވެ.

މެޓުން ބުނި ގޮތުގައި، މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އަދި ދޭތެރެ ދޭތެރެއިން މި ފަދަ ކެރިގަނޑުތައް އައުން އެކަށީގެންވާ ކަމަށާއި އެކަމަކު ގިނަ ދުވަސްތަކެއް ވާންދެން މޫސުން ގޯސްކުރާނެ ކަމަށް ނުބެލެވޭނެ ކަމަށް އެ ތަނުން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް