ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުން

ހަމަނުޖެހުން ހިންގި ތަނަށް ދިޔައިރު ފެނުނީ ރާފުޅިތަކެއް

އެތަނުން ދެ އަންހެނުންނާއި ދެ ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި
1 ގަޑިއިރު ކުރިން

މިއަދު ހެނދުނު ހުޅުމާލޭގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ދިޔައިރު، އެތަނުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިއްޖެ އެވެ.

ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު، ހުޅުމާލޭ ފޭސް-1 ގެ އެޕާޓްމެންޓެއްގެ ތެރޭގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން އެތަނުން ހަތަރު ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.އެއީ:

  • 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި

  • 24 އަހަރާއި 34 އަހަރުގެ ދެ ފިރިހެނުން

  • މިއީ ހުސް ދިވެހިން

ފުލުހުން ބުނީ އެ އެޕާޓްމެންޓް ބަލާ ފާސްކުރި އިރު، ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް އެތަނުން ފެނިފައިވާ ކަމަށެވެ. އަދި އެތަން ބަލައި، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް