އދ. ހަންޏާމީދޫ މަތިން ނަގާފައިވާ ފޮޓޯއެއް

މަރު

ބަގީއަކާ އެކު މޫދަށް ވެއްޓި ހަންޏާމީދޫގައި ކުޑަކުއްޖަކު މަރުވެއްޖެ

އެ ކުއްޖާ މަރުވީ ވެއްޓެމުން ދިޔައިރު، ކައިރީގައި އޮތް ދޯންޏެއްގައި ޖެހި ލިބުނު ޒަހަމްތަކުގައި
1 ގަޑިއިރު ކުރިން

ބަގީއަކާ އެކު މޫދަށް ވެއްޓި، އދ. ހަންޏާމީދޫގައި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟- އިއްޔެ ހަވީރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ، އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީޝް އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ދުއްވީ، ތަޅުދަނޑި ޖަހައިފައި ބާއްވާފައި އޮތް ބަގީއަކަށް އަމިއްލައަށް އަރައިގެންނެވެ. އެކަމަކު ކުއްޖާއަށް ކޮންޓްރޯލް ކުރަން ނޭނގި ބަގީގޮސް ބަނދަރުގެ ފަޅުތެރެއަށް ވެއްޓުނު ކަމަށާއި އެ ވަގުތު އެ ކުއްޖާ ގޮސް، ކައިރީގައި އޮތް ދޯންޏެއްގައި ޖެހި ޒަހަމްވިކަން ވެސް އެނގިފައި ވެ އެވެ.

އަނަސް މަރުވީ، އޭނާއަށް ލިބުނު ފަރުވާތަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް