ޕީސީބީގެ ރައީސް ނިޒާރު (ފޮޓޯ/ޕީސީބީ)
ޕީސީބީގެ ރައީސަކަށް އައްޔަނުކުރި ނިޒާރަށް މަޖިލީހުން ރުހުން ދީފި
ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްއަކަށް އައްޔަނުކުރި މުހައްމަދު ނިޒާރު، މއ. ޔެލޯބޯލްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމަށް ނިޒާރު އައްޔަނު ކުރީ 30 އޭޕްރީލްގަ އެވެ. އޭނާއަށް ރުހުން ދޭން ފެނޭތޯ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުން ރުހުން ދިނުމަށް ފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވި އެވެ.
ތަފްސީލް - ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.
ނިޒާރުގެ ތަޖުރިބާ އާއި ހިދުމަތްތައް
-
ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ
-
ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއް
-
އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި
-
މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަން ކުރެއްވި
-
ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރެއްވި
ކޮމެންޓް