ހިމަބިހިން ދިފާއުވާން ޖަހާ އެމްއެމްއާރު ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ

ހިމަބިހި

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް؛ ޖުމްލަ އަދަދު 22އަށް

ބައްޔަށް ޝައްކުވެގެން ޑޮކްޓަރަށް ދައްކަން ދާއިރު އާއްމު ދަތުރުފަތުރު ބޭނުން ނުކުރަން އެޗްޕީއޭއިން އެދޭ
1 ގަޑިއިރު ކުރިން

މިދިޔަ ހަފުތާގައި އިތުރު ދެ މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެއާއެކު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 22އަށް އެރީ އެވެ.

ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެޗްޕީއޭއިން ބުނީ:

  • ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް

  • އަދި ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް

  • ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް

  • ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް

އެނގުން މުހިއްމު - މިއީ ރާއްޖޭން މުޅިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، 2023 ވަނަ އަހަރު ވެސް ހިމަބިހި ރާއްޖެއިން ފެނުނެވެ. އެކަމަކު އެ ފަހަރު ބަލި ފެނުނީ ވަރަށް މަދު މީހެއްގެ ގައިންނެވެ.

ހިމަބިހި އަލުން ރާއްޖޭގައި ފެތުރިދާނެތީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ވެކްސިން މިހާރު ވަނީ، ސިއްހީ ދާއިރާގެ ފްރޮންޓްލައިންގެ ގިނަ ބަޔަކަށް ދީފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް